ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ށ. ދޮޅިޔަދޫ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފި އެވެ.

އެސްބީއައިއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދޮޅިޔަދޫ ރިސޯޓު ވިއްކާލަން ނިންމާފައިވާ ކަމަށާއި ރިސޯޓުގެ ނީލަން ފެށެނީ 659.9 މިލިއަން ރުފިޔާ އިން ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 21 އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓަށް އަގު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށްވެސް އިއުލާނުގައިވެ އެެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި ރިސޯޓު ވިއްކާލުމަށް ނިންމާފައިވަނީ އެސްބީއައިގެ އިތުރުން ބޭންކް އޮފް ސިލޯނާއި ބޭންކް އޮފް މޯލްޑިވްސް އިން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނު ނުދައްކައިގެންނެވެ.

މަޝްހޫރު ތްރީއޭ ކުންފުނިން ހިންގާ ދޮޅިޔަދޫ ރިސޯޓަކީ ޖުމްލަ 100 އެނދުގެ ރިސޯޓެކެވެ.

މި ރިސޯޓު ވިއްކާލުމަށް އެސްބީއައިއިން އިއުލާނުކޮށްފައިވާ ވާއިރު ދާދިފަހުން އެސްބީއައިއިން ވަނީ ލޯނު ނުދައްކައިގެން ޅ. އަތޮޅު ޕާމް ބީޗް ރިސޯޓުވެސް ނީލަމުގައި ވިއްކަލާފަ އެވެ.