ހިމޭޝް ރޭޝަމިޔާއަކީ އިންޑިއާގެ މަޝްހޫރު އަދި ކާމިޔާބު ލަވަކިޔުންތެރިއެކެވެ. ލަވަކިޔުމުގެ އިތުރުން ހިމޭޝްއަކީ އެތައް ލަވައެއްގެ މިއުޒިކް ކޮމްޕޯޒް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ. މިޔުޒިކީ ދާއިރާގެ އިތުރުން އެކްޓަރެއްގެ ގޮތުގައިވެސް ފެނިގެންދާ ހިމޭޝް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔައީ 2016 ވަނަ އަހަރުގެ ފިލްމު ތެރާ ސުރޫރްގެ ބަތަލުގެ ރޯލުންނެވެ.