ތަމަޅަ ފިލްމު ކަންޗާނާގެ ހިންދީ ރީމޭކެއް ހެދުމުގެ މަސައްކަތް އަކްޝޭ ކުމާރް ފަށާފައިވާ ކަމަށް ޚަބަރު ފެތުރުނު ހިސާބުން ފިލްމުގައި ދެން ފެންނާނީ ކޮން ތަރިންނެއްތޯ ރިޕޯޓަރުން ދިޔައީ ސުވާލުކުރަމުންނެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނަމުންދަނީ ކިއާރާ އަދްވާނީ އަދި އާރް މާދަވަން އަށް ފިލްމުގެ މުހިއްމު ދެ ރޯލެއް ހުށަހަޅާފައިވާ ކަމަށެވެ. މި ދެ ތަރިން ފިލްމަށް އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ކަންޗާނާ އަކީ 2011 ވަނަ އަހަރު ރިލީޒްކޮށްފައިވާ ބިރުވެރި ކޮމެޑީއެކެވެ. 7 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ، ތަމަޅަ ބަހުން ނެރުނު އެ ފިލްމަށް ބޮކްސްއޮފީހުގައި 20 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.