އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައި ތާރީހީ ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ 68 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މިއީ 2008 ވަނަ އަހަރު ތަސްދީގު ކުރެއްވި އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެއް ޕާޓީއަކުން މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެ އެވެ.