ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު "ނަފްރަތުވުމުން" މިރޭ އޮލިންޕަހުގައި ވަނީ ސްކުރީންކޮށްފައެވެ. ވަރަށް ކުލަގަދަކޮށް ޕްރިމިއާކުރުމަށް ހަމަޖެއްސިނަމަވެސް، މިމަހުގެ 7ވަނަ ދުވަހު އެކްޓަރު މުހައްމަދު އަފްރާހް ހަސަން (އައްޕު) ކުއްލިގޮތަަކަށް ނިޔާވުމާއި ގުޅިގެން، ޕްރިމިއާ ނައިޓްގައި ކުރިއަށް ގެންދަން ނިންމި ހުރިހާ ހަރަކާތްތަކެއް ވަނީ ކެންސަލްކޮށްފައެވެ. - "ނަފްރަތުވުމުން"ގެ ޑައިރެކްޓަރު ޔޫސުޕް ޝަފީއުއާއެކުވެސް އައްޕު ވަނީ ފިލްމީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ޔޫއްޕެއާއި އައްޕު ގުޅިގެން ވަނީ "ލޯތްބަށްޓަކާ" މިނަމުގައި ފިލްމެއް އުފައްދާ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. މީގެ އިތުރުން ކުރު ފިލްމުތަކުގައިވެސް ދެ ފަންނާނުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.- މިރޭ ފިލްމު ދެއްކުމުގެ ކުރިން އައްޕުގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފައެވެ. އަދި އައްޕުގެ ޚިދުމަތުގެ މައްޗަށް ބަލާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެއްވެސް ވަނީ ގެނެސްދީފައެވެ.