ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު މަތިންދާ ބޯޓް ހޮނިހިރު ދުވަހުގެ ހެނދުނު ފުރަތަމަ ފަހަރަށް އުދުއްސާލައިފިިއެވެ.

މި ބޯޓަކީ ސްޓްރަޓޯލޯންޗް ކިޔާ ރޮކެޓް އުފައްދާ ކުންފުނިން އުފެއްދި ބޯޓެކެވެ. 500،000 ފައުންޑްގެ 385 ފޫޓުގެ ވިންގްސްޕޭން ފުރަތަމަ ފަހަރަށް ވައިގެތެރެއަށް ނައްޓާލީ ކެލިފޯނިއާގެ މެޖާވޭ އެއާ އެންޑް ސްޕޭސް ޕޯޓުން އެގައުމުގެ ގަޑިން ހެނދުނު 10 ޖެހިއިރެވެ.

އޯބިޓްގެ ތެރެއަށް ރޮކެޓްތަށް ލޯންޗް ކުރުމަށް ފަރުމާކޮށްފައިވާ މި ބޯޓުން ކުރި ކްރިޓިކަލް ފުރަތަމަ ޓެސްޓް ފްލައިޓެވެ. މި ބޯޓު އިފްތިތާހް ކުރުމަށް ކުރި ފުރަތަމަ ދަތުރުގައި މިއަދު ވަނީ 150 މިނިޓްވަންދެން އުދުހުމަށްފަހު ސަލާމަތްތެރިކަމާއެކު ބިމުގައި ޖައްސާފައެވެ.

މި މަތިންދާބޯޓަކީ 55،000 ފޫޓުގެ އެލްޓިޓިއުޑަށް ދަތުރުކުރުމަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. އަދި ރޮކެޓްތައް ޕްލެނެޓްގެ ތެރެއިން އޮބިޓަށް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ.