ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމުތައް ނެތް ތަންތަނުގައި އެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަހްމަދު ޒާހިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު އޮފިީސްތަކުގައާއި ކުންފުނިތަކުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމުތައް ނެތް ތަންތަން ބަލަމުންދާ ކަމަށެވެ. އަދި މިފަދަ ތަންތަން ފާހަގަަކޮށް އެތަންތަނުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.