ބޫމީ ޕަދްނޭކަރް އަދި ތާޕްސީ ޕައްނޫގެ ސާންޑްކީ އާނކްގެ ފުރަތަމަ ޕޯސްޓަރު ނެރުނީ އިއްޔެގަ އެވެ. ޕޯސްޓަރު ނެރުމާއެކު ފިލްމާމެދު ގިނަ ބަޔަކު ވަނީ ވަރަށް ޝައުޤުވެރިވެފަ އެވެ. އުއްތަރް ޕްރަދޭޝްގެ ޖޯރްޝީ ނަމަކަށް ކިޔާ އަވަށަކަށް ނިސްބަތްވާ 80 އަހަރުން މަތީގެ "ޝާޕްޝޫޓަރުން"ގެ ގޮތުގައި ބޫމީއާއި ތާޕްސީ ފެނިގެންދާނެ މި ފިލްމު ރިލީޒް ކުރާނީ އިންޑިއާގައި ފާހަގަކުރާ ދިވާލީ އީދާ ދިމާކޮށް ކަމަށް ޕޯސްޓަރުގައި ލިޔެފައިވެ އެވެ.