ސްރީލަންކާގައި އާދީއްތަ ދުވަހު ބޮމުގެ ހަމަލާތަކެއްދީ، 300 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ސްރީލަންކާގެ ބައެއް ފައްޅިތަކާއި މަޝްހޫރު ހޮޓާތަކަށާއި އާއްމުން ގިނައިން އެއްވެއުޅޭ ތަންތަން ހިމެނޭގޮތުން 8 ސަރަހައްދެއްގައި ދިން ބޮމުގެ ޙަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ. ނަމަވެސް އެހަމަލާތަކުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ ބެލުމަށް އެގައުމުގެ ސަލާމަތީބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް ވަނީ 26 މީހަކު ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ލަންކާގެ ރައްޔިތުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.