ސަލްމާން ޚާންގެ ފިލްމު ބާރަތުގެ ޓްރެއިލަރ ނެރުމާއެކު ގިނަ ބަޔަކު މިހާރު ތިބީ ފިލްމުގެ ލަވަތަކަށް އިންތިޒާރު ކޮށްގެނެވެ. ޓްރެއިލަރއިން ފިލްމުގެ ލަވަތަކުގެ ބައެއް ތަންތަންކޮޅު ފެނިގެންދެ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނަމުންދަނީ މި ފިލްމުގެ ފުރަތަމަ ލަވައިން ފެންނާނީ ސަލްމާނާއި ކެޓްރީނާ ކެއިފްގެ ބަދަލުގައި ސަލްމާނާއި ދިޝާ ޕަޓާނީ އެވެ.

ބާރަތްގެ ކުރިން ދިޝާ ފެނިފައިވަނީ އެންމެ ދެ ފިލްމުންނެވެ. އެއީ އެމް.އެސް ދޯނީ އަދި ބާޣީ-2 އިންނެވެ. ބާރަތުގައި ދިޝާ ފެނިގެންދަނީ ކުރީ ދެ ފިލްމުން އޭނާ ފެނިގެންދިޔަ ގޮތާ ވަރަށް ތަފާތުކޮށެވެ. މި ފިލްމުގައި ދިޝާ އަދާކުރަނީ ސަރކަސް އެއްގައި މަސައްކަތްކުރާ އާޓިސްޓެއްގެ ރޯލެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ ބާރަތުގެ ޓްރެއިލަރ ހޯމަ ދުވަހު ނެރެފައިވާއިރު، މިހާތަނަށް 31 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޔޫޓިއުބްގައި ޓްރެއިލަ ބަލާފައެވެ.