އެކްޓަރު އަކްޝޭ ކުމާރަކީ ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް އެކްޓަރެވެ. އެވްރެޖްކޮށް ކޮންމެ އަހަރަކުވެސް އޭނާގެ ތިން ފިލްމެއް ރިލީޒްކުރެ އެވެ. މިއަހަރު މިހާތަނަށް އޭނާގެ ކޭސަރީ ރިލީޒް ކޮށްފައިވާއިރު އެ ފިލްމަށް ވަނީ ބޮކްސްއޮފީހުގައި ބޮޑު ތަރުޙީބެއް ލިބިފަ އެވެ.

ކޭސަރީގެ އިތުރުން މިއަހަރު އަދި އަކްޝޭގެ އިތުރު 3 ފިލްމެއް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މިޝަން މަންގަލް، ގުޑް ނިއުސް އަދި ހައުސްފުލް 4 އެވެ.

މި ހުރިހާ ފިލްމެއްގެ ވެސް ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ.

މިފިލްމުތައް ނިމުމާއެކު އަކްޝޭ އަނެއްކާވެސް އިތުރު ފިލްމެއްގެ ޝޫޓިން ވަނީ ފަށާފަ އެވެ. އެއީ "ލާކްޝްމީ ބޮމް" ކިޔާ ފިލްމެއެއްގެ ޝޫޓިން އެވެ. މިއީ ތަމަޅަ ފިލްމު ކަންޗާނާގެ ހިންދީ ރީމޭކެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.