ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު ބާރަތްގެ "ސްލޯ މޯޝަން" ލަވަ ފުރަތަމަ އިވުނީ ފިލްމުގެ ޓްރެއިލާއިންނެވެ. އެއާއެކު ގިނަ ބަޔަކު ދިޔައީ ލަވަ ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

ޔޫޓިއުބްގައި ބުރާސްފަތި ދުވަހުގެ މެންދުރު ލަވަ ނެރެފައިވާއިރު ލަވައިން ފެނިގެންދަނީ ކުރިންވެސް ރިޕޯޓްކޮށްފައިވާ ގޮތަށް ދިޝާ ޕަޓާނީ އަދި ސަލްމާން ޚާނެވެ.

މި ލަވަ ކިޔާފައިވަނީ ވިޝާލް ދަޑްލާނީ އަދި ޝޭކަރް ރަވްޖިއާނީ އެވެ. ލަވައިން ނަކާޝް އަޒީޒް އަދި ޝްރެޔާ ގޮޝާލްގެ އަޑުވެސް ކޮންމެވެސް ވަރަކަށް އިވިގެންދެ އެވެ.