މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މޯލްޑިވްސް ފައިންޑަރ ގެ ހަތް ވަނަ އަދަދު ނެރެފިއެވެ.

މަޓާޓޯ އިން ކޮންމެ އަހަރަކު ނެރެމުން އަންނަ މޯލްޑިވްސް ފައިންޑަރ މި އަހަރު ލޯންޗް ކޮށްފައިވަނީ ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓްގެ ތެރެއިންނެވެ. މި އަދަދު ނެރެދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މަޓާޓޯއިން ބުނީ މޯލްޑިވްސް ފައިންޑަރ ގެ 10،000 ކޮޕީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާ ބޮޑެތި ޓްރެވެލް ފެއަރ އަދި ރޯޑް ޝޯތަކުގައި ބަހަން ނިންމާފައިވާ ކަމަށެވެ. އަދި މަޓާޓޯއިން ބާއްވާ ޓްރެވެލް ފެއަރ ތަކުގައި މި މަޖައްލާ ބަހަން ނިންމާފައިވެއެވެ.

2011 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މި މަޖައްލާގައި ރާއްޖޭގެ ސަގާފަތާއި، ދިވެހިންގެ ހުނަރާއި ފަތުރުވެރިކަމުގެ މައުލޫމާތު ހިމެނެއެވެ.