ފުވައްމުލަކުގައި އައިޓީ ސެންޓަރެއް ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށް މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ އެ ސެންޓަރަކީ ކިޔަވައިދިނުމުގެ އިތުރުން މިނިސްޓްރީގެ ނެޝަލަން ސެންޓަރ ފޯ ޓެކްނޮލޮޖީގެ ޑިވެލޮޕްމަންޓް ޓީމަށް މަސައްކަތް ކުރާ ކުދިން ރަށުގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތަކަކާއެކު ގާއިމުކުރެވިގެން ދާނެ ސެންޓަރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ސެންޓަރުގައި ކިޔަވާ ކުދިންނަށް ތަމްރީނު ދިނުމުގެ ގޮތުން އިންޓާންޝިޕް ޕްރޮގްރާމް ތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.