ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 90 އިންސަންތައަށް ވުރެ ގިނަ ވިޔަފާރިތަކުން މި އަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގައި ބައިވެރިވާނެ ކަމަށް ގެޓަވޭސްއިން ބުނެފިއެވެ.

ޓީޓީއެމް ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓްއަވޭއިން ބުނީ ޓީޓީއެމް ފެއަރގައި މިއަހަރު 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށެވެ.

ޓްރެވެލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި ބައިނަލްއަޤްވާމީ މީޑިއާ ހިމެނޭ ގޮތަށް ބާއްވާ މި ފެއަރގައި ރާއްޖެއިން އެކަނިވެސް މިހާތަނަށް 100 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ މިއަހަރު ބޭއްވުމަށް ހަމަޖެހިފައވަނީ ޖޫން މަހުގެ 11 އިން 13 އަށެވެ.

މޯލްޑިވްސް ގެޓަވޭޒްއިން ބުނީ މިއަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.

މި އަހަރުގެ ފެއަރ ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ.

މި އަހަރުގެ ޓީޓީއެމް ފެއަރގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި ޓްރެވެލް ޓެކްނޮލޮޖީ، މާރކެޓިންގ އެނެލެޓިކްސްގެ އިތުރުން ރެވެނިއު މެނޭޖްމަންޓާއި ޕޭމަންޓް ޓްރާންސެކްޝަން ހިމެނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިދިޔަ އަހަރުގެ ފެއަރގައި 200 ފަރާތަކުން ބައިވެރިވަފއެވެ. މިއީ ޓީޓީއެމް ފެއަރ ބާއްވާ 3 ވަނަ އަހަރެވެ.