ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަށް ތައްޔާރުވުމާއި ކުއްލި ހާލަތުގައި އަމަލު ކުރާނޭ ގޮތުގެ ތަމްރީނުތަކެއް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވުސް ޕޮލިސްސަރވިސް އިން ފަށައިފި އެވެ.

މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މި ތަންރީނުގައި ސިފައިން ދަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ. މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވާއިރު ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތިވެސް ދަނީ ބޭނުންކުރަމުންނެވެ. މި ތަމްރީނުތައް ކުރިއަށްގެންދާނީ މިއަދު އިރުއޮއްސި 6 ގެ ނިޔަލަށެވެ.