މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ސިންގަޕޯރ އެއާލައިންސް ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހޮޓަލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުއެވެ. ސްރީލަންކަން އެއަރލައިންސްގެ ފަރާތުން ސޮއިކުރެއްވީ ސިންގަޕޯ އެއަރލައިންސްގެ ސޭލްސް އެންޑް މާރކެޓިން ހެޑް މިސްޓަރ ކެމްޕްބެލް ވިލްސަން އެވެ.

ިމި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ސިންގަޕޯ އެއާލައިންސް އާއެކު މިފަދަ އެމްއޯޔޫ އެއްގައި ސޮއިކުރެވުމަކީ ލިބުނު ޝަރަފައް ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް އިޝްތިހާރު ކުރުމަށް ޓްރެވަލް ޓްރޭޑް ޝޯ އަދި މާކެޓިން ކެމްޕޭން ފަދަ ހަރަކާތްތައް މި އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ސިންގަޕޯ، ސައުތް ކޮރެއާ އަދި އެމެރިކާގެ މާރކެޓް ތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

1 އަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކުރެވުނު މި އެމްއޯޔޫގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

1984 ވަނަ އަހަރުން ފެށިގެން ސިންގަޕޯ އެއަރލައިންސް ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާއިރު މިއީ ރާއްޖެއާއި ސިންގަޕޯ އެއާރލައިންސްއާ ދެމެދު މިފަދަ އެމްއޯޔޫއެއްގައި ސޮއިކުރެވުނު ފުރަތަމަ ފަހަރެވެ.