އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި އޭނާގެ އަންހެނުން އެމެރިކާގެ ކުރީގެ ފިލްމީތަރި މޭގަން މާކެލްއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި ކަމަށާއި، ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސް އިން އިއުލާނުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބައެއް ރައްޔިތުންނާއި އެތައްބައެއް އިންތިޒާރު ކުރަމުން އައި މި ޝާހީ ދަރިކަލުން އުފަންވެވަޑައިގެންނެވީ އިނގިރޭސިވިލާތުގައި މިއަދު ހެނދުނުގެ ވަގުތެއްގައެެވެ.

ޑިއުކު އޮފް ސަސެކްސް ޕްރިންސް ހެރީ ވިދާޅުވީ "މިހިރީ އާދަޔާހިލާފަށް އުފާވެ ހިތްހަމަޖެހިފަ، އަންހެނުންނާމެދު ވަރަށް ބޮޑަށް ފަހުރުވެރިވާ" ކަމަށެވެ. އަދި އަލަތު ދަރިކަލުން ލިބިވަޑައިގެންނެވުމަކީ މިހާތަނަށް އިހްސާސްކުރެވުނު އެންމެ ތަފާތު އުފާވެރި އިހްސާސް ކަމަށްވެސް ވިދާޅުވިއެވެ.