ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައި މަރުވެފައިވާކަމަށް ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ހާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯޓް "ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" އިން ދައްކައިފިއެވެ.

މިއަދު އާންމު ކުރި މިރިޕޯޓަކީ ދިރޭތަކެތީގެ ނަސްލާއި، ގުދުރަތީ މާހައުލުތަކާއި އެއިން ލިބިދޭ ހިދުމަތްތަކާއި ގުޅޭގޮތުން މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ހެދުނު އެންމެ ފުރިހަމަ، އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ރިޕޯޓެވެ.