"މީހަކު "ހޯއް" ގޮވާލި އަޑަށް އަލިފުޅު ސިޓިންރޫމްގެ ތެރެއަށް ނިކުމެ ބަލާލި އިރު ފެނުނީ ޒަމާންވީ ދެ އެކުވެރިންނެވެ. ކުޑައިރު އެކުގައި އުޅުނު ޒާމަންވީ ރަހުމަތްތެރިންނެވެ. އަލިފުޅުގެ އަންހެނުން އާރިފާ ނިޔާވިފަހުން ޒަމާންވީ އެކުވެރި ގުޅުމަށް ހީނަރުވެފައި އޮންނަތާ އެތައް ޒަމާނެއްފަހުން، އެ މީހުން އެއްތަން ކޮށްދިނީ އަލިފުޅުގެ ދަރިފުޅު އައިޝާ އެވެ."

މަތީގައި އެވާ ޚިޔާލީ ވާހަކައަކީ، ނެތެމުންދާ ޒަމާންވީ ރިވެތި އާދަކާދަތައް އާލާކޮށް، ތިމާގެކަމުގެ ގުޅުންތަކާއި، އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުންތައް މި ރަމަޟާން މަހު ބަދަހި ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އުރީދޫ މޯލްޑިވުސް އިން މި ރޯދަމަހަށް ޚާއްސަކޮށް ދައްކާލި ޚިޔާލީ ޑްރާމާއެކެވެ.

އުރީދޫގެ އެ އިޝްތިހާރަށް އެތައް ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. މުޅި ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެ އިޝްތިހާރު ޝެއަރކުރަމުން ދާއިރު ގިނަ މީހުން ބުނެފައި ވަނީ އެއީ ހިތަށް އުފާވެރިކަން ގެނެސްދީ އުފަލުން ރޮއްވާލި އިޝްތިހާރެއް ކަމަށެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ އިޝްތިހާރުން އެމީހުންގެ ކުޑައިރުގެ ހަނދާންތައް އާވެގެންދެ އެވެ. އަދި އާއިލާ އެއްތަންކޮށް މައްމަ އާއި ބައްޕަ އުފާކޮށްލަދޭން މަސައްކަތްކުރާނެ ކަމަށްވެސް ބައެއް ޒުވާނުން ބުނެފައިވެއެވެ.