އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޮޓޯޖެހި ގުއިފޮހޭ ކަރުދާސް ގަންނަން ބޭނުންހެއްޔެވެ. ޓްރަމްޕުގެ ކަޅާއިހުދު ނޫނީ ކުލަފޮޓޯ ޖެހި ޓޮއިލެޓް ޕޭޕަރު މިހާރު އެމޭޒަނުން ލިބެން އެބަހުއްޓެވެ.

މިކަރުދާސް އުފައްދާދައިވަނީ ޗައިނާގައެވެ. ޗައިނާއަކީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕު ވަޑައިގެންނެވިފަހުން ވިޔަފާރީގެ ކަންކަމުގައި އަބަދުވެސް އެމެރިކާގެ ފާޑުކިޔުންތަކާއި އަދަބުދިނުމުގެ ފިޔަވަޅުތައް އެންމެބޮޑަށް އަމާޒުވަމުންދާ ގައުމެވެ.

ޓްރަމްޕުގެ ފޮޓޯޖަހައިގެން ޓޮއިލެޓް ޕޭޕަރު އުފައްދައި ބާޒާރަށް ނެރުނު ކުންފުނިން ބުނެފައިވަނީ ނަޖިސް ފޮހެން ގިނަބަޔަކު ބޭނުންވަނީ ހަމައެކަހަލަ އަގުދަށް ބޭކާރު އެއްޗަކުން ކަމަށާއި މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ އެއެއްޗަކީ ޓްރަމްޕުގެ ތަސްވީރުކަމުގައެވެ.

ޓްރަމްޕުގެ ޓޮއިލެޓް ޕޭޕަރަށް ދުނިޔޭގެ ކަންކޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް މިހާރު ދަނީ ލިބެމުންނެވެ. ޗައިނާގެ އިތުރުން ރޫސީވިލާތާއި އީރާން ތުރުކީ، މެކްސިކޯ އަދި ކިއުބާ އާއި ވެނެޒުއެލާ ކަހަލަ ގައުމުތަކުން މިކަރުދާހަށް ވަރަށް ގިނަ އޯޑަރު ފޮނުވަމުންދާކަމަށް އެނގިފައިވެއެވެ. މީގެ ތިންރޯލުގެ ޕެކެއް އެމޭޒަނުން ވިއްކަނީ ބާރަ ޕައުންޑަށެވެ.

އެމެރިކާގައިވެސް މިކަރުދާހަށް ޑިމާންޑް ބޮޑުވަމުންދެއެވެ. އެކަމަކު ޓްރަމްޕުގެ ސަރުކާރުން އަޅައިފާނެ ފިޔަވަޅެއް އަދި ކަށަވަރުނުވާތީ އެމެރިކާ މީހުން މިވާހަކަ ދައްކަނީ އަދި ސިއްރު ވާހަކައެއްގެ ގޮތުގައެވެ.

ރައީސް ޓްރަމްޕަކީ އެމެރިކާގެ މުޅި ތާރީޚުގައިވެސް މިހާތަނަށް ވެރިކަންކުރެއްވި އެންމެ މަގްބޫލުކަން ކުޑަ ރައީސެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެމީހަކަށް ނަފްރަތުކުރުން އެންމެބޮޑު މީހަކީ ފަހަކަށްއައިސް ރައީސް ޓްރަމްޕެވެ.