ރަމަޟާން މަހަށް ޚާއްސަކޮށް ވީޓީވީން ގެެނެެސްދޭ މިސްރާބު ތުރުކީއަށް މިސިލްސިލާގެ ފުރަތަމަ އެޕިސޯޑް މިރޭ ދައްކާނެއެވެ.

މިރޭ 11:00ގައި ގެނެސްދޭ މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑު ބިނާކޮށްފައިވަނީ އިސްލާމީ ތާރީޚަށެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އަދި އިންސާނީ ޔަރްދިމް ވަޤުފީ އީހާހާގެ އެހީތެރިކަމާއި އެކު ވީމީޑިއާއިން ގެނެސްދޭ މިސްރާބު ތުރުކީއަށް މިސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ހިމެނެނީ އިސްލާމީ ތާރީޚާއި ގުޅޭ މުހިއްމު ތަންތަނާއި އެތަންތަނުގެ މައުލޫމާތެވެ.

މިޕްރޮގްރާމް ނަގާފައި ވަނީ ތުރުކީގެ އިސްތަމްބުލްގަޔާއި ރޭހާންލީ، ކީލިސް އަދި ގަޒިއެންޓެޕްގެ އިތުރުން ސަންލީ އުރުފާގައެވެ. މިޕްރޮގްރާމުގައި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ މުހިއްމު އާސާރުތަކާއި އެބޭކަލުންނާއި ގުޅުން ހުރި ތަންތަނުގެ މައުލޫމާތު ގެެނެސްދެވޭނެއެވެ.

މިގޮތުން އިބްރާހިމް އަލައިހިއްސަލާމާއި އައްޔޫބު އަލައިހިއްސަލާމްގެ އިތުރުން މާތް ރަސޫލާގެ ސަހާބީންނާއި އިސްލާމީ އުއްމަތުގެ ފާތިހުންނާއި އުސްމާނީ ޚިލާފަތުގެ މުހިއްމު މައުލޫމާތު ހިމެނިފައިވާނެއެވެ.