ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ މޭސްތިރިޔާ ކަމަށް ބުނާ ޒަހުރާން ހާޝިމް ރާއްޖެ އައިކަންވެސް އަދި ނާންނަކަންވެސް ސާފު ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާގެ ހަމަލާގައި ބައިވެރިވި ޒަހުރާން ހާޝިމް، ދީނީ ވައުޒު ދިނުމަށް ކަމަށް ބުނެ، އެހެން ނަމެއްގައި 2016 ވަަނަ އަހަރު ރާއްޖެއައިކަން ނުވަތަ ނޫންކަން ސާބިތު ނުވާ ކަމަށެވެ.

މީގެ އިތުރަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ބޭރުގެ ޝެއިޚުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފުނުވެ އެފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ވިސާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.