މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ރާޒުވާ މުބާރާތް ފަށައިފިއެވެ.

ފުލުހުންގެ ތެރޭގައިތިބި ރާޒުވާ ކުޅުމަށް ޝައުޤުވެރިވާ ފުލުހުންނަށް އެފުރުޞަތު ހޯދައިދިނުމާއި އަދި ޕޮލިސް ކްލަބުގެ ރާޒުވާ ޓީމެއް އެކުލަވައިލުމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް އިސްކަންދަރު ކޮށި މަލްޓިޕަރޕަސް ހޯލުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދުއެވެ

ފުލުހުން ބުނީ، މިމަހުގެ 12ން 14ށް ކުރިއަށް ގެންދާ މިމުބާރާތުގައި 20 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.

މިމުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ކްލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއާއި މުބާރާތުގެ ބައިވެރިން ބައިވެރިވި އެވެ.