ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބ. ތުޅާދޫ، ލާޖަހާގެ، އަހްމަދު ތަސްލީމް (30އ) އެވެ.

ފުލުހުން ބުނީ އަހްމަދު ތަސްލީމް ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ ތަސްލީމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.