ލިޓަސްއިން ރޯދަ ހަދިޔާގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަަނުގައި ލިޓަސްއިން ކުރާ ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ލިޓަސްއިން މައުލޫމާތު ދެއެވެ.

އެގޮތުން ރަމަޟާންމަހު ލިޓަސްއިން ކުރާ ކޮންމެ ވިޔަފާރިއަކުން 2500 ރުފިޔާގެ ޑިސްކައުންޓެއް ކަސްޓަމަރުންނަަަށް ލިބޭނެއެވެ. އަދި ލޭހަދިޔާ ކޮށްފިނަމަ އިތުރު 4000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ލިޓަސްއިން މައުލޫމާތުދެއެވެ.

މީގެއިތުރުން ރަމަޟާން މަހަކީ ހޭދަކުރުމުގެ މަހަށް ވުމާއެކު ލިޓަސްގެ މިޕްރޮމޯޝަނުން އެކަންވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ގަންނަ ކޮންމެ ސައިކަލަކުން 10 އިންސައްތައަށްވާ ފައިސާ ސީރިޔާގައި ހާލުގައި ޖެހިފައިތިބި މުސްލިމުންގެ ރޯދަވިއްލުމަށް ހަރަދުކުރުމަށް ހޭދަކުރުމަށް ލިޓަސްއިން ވަނީ ނިންމާފައެވެ.

ލިޓަސްގެ ސީނިއާ މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ، ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަށް ވުމާއެކު އަމިއްލަ ނަފްސާއި އެހެންމީހުންނަށްވެސް އަޅުކަން ކުރުމަށް ހާއްސަކޮށް ސަދަގާތްކުރުމަށް ބާރުއެޅުމަކީ މުހިންމުކަމެއް ކަމަށެވެ.

އަދި ރަމަޟާން މަހަކީ ލޭހަދިޔާކުރާ މިންވަރު މަދުވާ ދުވަސްވަރެއްކަން ފާހަގަވުމުން އެކަން އެހެންވިޔަ ނުދިނުމަށް ބާރުއެޅުމަކީ ވެސް މިޕްރޮމޯޝަންގެ ބޭނުމެއްކަމަށް އާސިފް ވިދާޅުވިއެެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ ރަމަޟާން މަހުގެ ނިޔަލަށެވެ.