ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް ކޮންމެ އަހަރަކުވެސް ރަމަޝާން މަހަށް އަމާޒުކޮށް ބާއްވަމުންދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯޅަ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ކޭޑީއެމް އާއި އެމްއޭސީއެލް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ހަތްވަނަ ދުވަހުގެ ފުރަތަމަ މެޗްގައި ކިޔަވާ ސްޕޯރޓްއާއި ކޭޑީއެމް ބައްދަލުކުރި މެޗް ކޭޑީއެމް ކާމިޔާބުކުރީ 7 ވިކެޓުންއެވެ. ދެވަނަ މެޗް އެމްއޭސީއެލް ކާމިޔާބުކުރީ 34 ލަނޑުންއެވެ.

ފުރަތަމަ މެޗް ކިޔަވާ ސްޕޯރޓްސް ވަނީ 8 އޯވަރުގެ ތެރޭގައި 66 ލަނޑަށް 7 ވިކެޓް ނަގާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހެދި ހަބީބެވެ. ޖަވާބުގައި ކޭޑީއެމް ކުޅެންއަރާ 5 ވަނަ އޯވަރުގައި 71 ލަނޑުހެދިއެވެ.

ދެވަނަ މެޗް އެމްއޭސީއެލް ގުރު ދިމާވުމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 137 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 27 ލަނޑުހެދި މުއާވިއަތާ 25 ލަނޑުހެދި ރިޝްވާން އެވެ. ޖަވާބުގައި ގެރެވި ކުޅެންއަރާ 8 އޯވަރު ހަމަވިިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 103 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑު ހެދި ލީމް ޝަފީގް އެވެ.

މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ލެޒަރ ކާގޯއާއި އެވިއަރ މޯލްޑިވްސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އަކުން ބަކުންއާއި އޭއާރސީއެވެ.

ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1600ގައެވެ.