ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް އަމާޒުކޮށް ބާއްވަމުންދާ ރަމަޟާން ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު މެޗުތަކުން ލެޝާ ކާގޯ އާއި އޭއާރުސީ މޮޅުވެއްޖެ އެވެ.

މުބާރާތުގެ އަށްވަނަ ދުވަހުގެ ފުރަތަމަ މެޗްގައި ލެޝަރ ކާގޯއާއި އެވިއާ މޯލްޑިވްސް ބައްދަލުކުރި މެޗް އެވިއާ މޯލްޑިވްސް ކާމިޔާބުކުރީ 8 ވިކެޓުންއެވެ. ލެޝަރ ކާގޯ ކުޅެންއަރާ 8 އޯވަރު 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހުސެން އަދުނާން އެވެ.

ޖަވާބުގައި އެވިއާ މޯލްޑިވްސް ކުޅެންއަރާ 5 އޯވަރުގެތެރޭގައި 106 ލަނޑުހެދިއެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުބީ 34 ލަނޑު ހެދި ޖިލްވާޒް ރަޝީދުއާއި 31 ލަނޑު ހެދި މުހައްމަދު ޝަހުދާން އެވެ.

މިއަދުގެ ދެވަނަ މެޗް އަކުން ބަކުން ހާޒިރުނުމުން އޭއާރސީ 3 ޕޮއިންޓާއި 8 ވިކެޓުން މޮޅުވިކަމަށް އަމްޕަޔަރުން ނިންމީއެވެ.

މާދަމާ ދެ މެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕެސްޓް އެކްސް އަދި ރިވާސްބާބާ އެވެ. ދެވަނަ މެޗް ސުގަރ ކޯންއާއި މެރީކޯނަރގެ ޓީމްއެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1600ގައެވެ.