ވިލާ ކޮލެޖުގައި މިއަހަރުގެ މެއި ސެމިސްޓާގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފަށައިފި އެވެ.

ވިލާ ކޮލެޖުގެ މެއި މަހުގެ ސެމިސްޓަރ ފަށާފައިވަނީ އޮރިއެންޓޭޝަން ސެޝަނަކުންނެވެ.

މި ސެޝަންގައި ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވިލާ ކޮލެޖުގެ ރެކްޓަ، ޑރ. އަހްމަދު އަންވަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ އިތުރުން މި ސެޝަންގައި މިއަހަރުގެ ވިލާ ކޮލެޖު ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުންވެސް ހަވާލުކޮށްފަ އެވެ. މީގެއިތުރުން މިއަހަރަށް ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެމްބެސެޑަރަކަށް ވުމުގެ ފުރުސަތުވެސް މި ހަފްލާގައި ވަނީ ހުޅުވާލާފަ އެވެ. އަދި މިސެޝަންގައި ވިލާ ކޮލެޖުގެ އެލަމްނައި އެސޯސިއޭޝަންގެ ފަރާތުން ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އެ އެސޯސިއޭޝަނާއި ވިލާ ކޮލެޖާ ބެހޭ ތަފާތު މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަންގެ ފަރާތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭ ސްކީމްގެ މައުލޫމާތުވެސް މިސެޝަންގައި ދަރިވަރުންނާއި ވަނީ ހިއްސާ ކޮށްފަ އެވެ.