ރާއްޖެއަށް މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ ދަފްތަރު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ޚާއްސަ ޕޯޓަލް އެއް ތަޢާރަޕް ކޮށްފިއެވެ.

ލޭބަރރިލޭޝަން އޮތޯރިޓީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހަރަހެރި" ޕޯޓަލް އިފްތިތާޙް ކޮށްދެެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެވެ.

މި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ކަމަށެވެ.

އެހެން އެކަން މެދުވެރިވާން ދިމާވި ސަބަބަކީ ސަރުކާރުން އިހްމާލުވުމުންކަމަށެވެ. އަދި މިއަދު މި ތައާރަފް ކުރެވުނު ޕޯޓަލްގެ ސަބަބުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެ މައްސަލަ އަށް ހައްލުތަކެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. '

ފައްޔާޒު ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަށް އިތުރުކުރުމުގެ ގޮތުން ފިހާރަތަކުގައި ބިދޭސިީން ތިބުން މަނާ ކުރުމުން ގިނަފިހާރަތަކެއް ބަގުރޫޓް ވެގެން ދިޔަކަމަށެވެ.

"ބިދޭސީން މަދުކުރުމުގެ ގޮތުން ކޭޝިއަރުން ފިހާރަތަކުގައި ބޭއްތިއްބުމުން މަދުކުރުމުން، ފެނިގެން ދިޔައީ ގިނަ ވިޔަފާރިތަށް ބަގުރޫޓް ވެގެން ދިޔަތަން. އެހެން ވީމަ ދެން ފިހާރައިގެ ތިބޭ ދިވެހިންނަށް އެމީހުންގެ ވަޒީފާ ގެއްލިގެން ދަނީ. އެހެން ވީމަ މުޅިއަކުން އެކަން މިގޮތަށް ކުރެވޭކަށް ނެތް. އެކަމަށް ވެސް ހައްލު ލިބޭނެ ގޮތަކަށް ވިސްނަމުން މިދަނީ. އެގޮތުން ވިޔަފާރިއަށް ވެސް ގެއްލުން ނުވާނެހެން އެހެން ނަމަވެސް ދިވެހިންނަށް ވަޒީފާ އިތުރު ކުރެވޭން ގޮތެއް ހޯދާނަން" ފައްޔާޒު ވިދާލުވި އެވެ.

ލޭބަރރިލޭޝަން އޮތޯރިޓީ އިން ބުނީ މިއަދު މި ތައާރަފް ކުރެވުން ޕޯޓަލް ހެދުމުގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ކައުންސިލް ތަކެއްގައި ބިދޭސީންގެ ދަޕްތަރުތަށް އެއްގޮތަށް ބެލެހެއްޓުމަށާއި، ސަރުކާރުގެ އިދާރާތަކަށް ބިދޭސީން ގެ ކަންކަމުގެ މައުލޫމާތު ހިއްސާކުރަން ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. މި ޕޯޓަލް ގެ ސަބަބުން ރަށުކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުން ބިދޭސީން ދަފްތަރު ބެލެހެއްޓުމުގައި އަމަލު ކުރަމުންދާ އުސޫލު ހަރުދަނާ ވެގެން ދާނެ ކަމަށެވެ.