ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ދެ މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުންގެ އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ދެމީހަކު ހިނގާފައިދާ މަންޒަރެވެ.

ފުލުހުން ބުނީ އެމީހުން ހޯދަން އިއުލާންކުރީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެމީހުން ހޯދަމުންދަނީ ކޮން މައްސަލައެއްގައި ކަމެއް އަދި އެމީހުންގެ މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.