ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ މަސް ބޯޓު މިއަދު ނޫސްވެރިންނަށް ދައްކާލައިފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އީރާންގެ މި މަސްބޯޓު ކޯސްޓުގާޑުން ހިފެހެއްޓީ މިމަހުގެ 7 ވަނަ ދުވަހު ބ. އަތޮޅުގެ ހުޅަނގުން 126 މޭލު ބޭރުންނެވެ. އަދި ބޯޓު ހިފަައްޓައި މާލެ ސަރަހައްދަށް ގެންނަނިކޮށް ކ. ވިލިނގިލި ކައިރީގައި އޮންނަ ފަރަކަށް ވަނީ އަރާފައެވެ. އެހެންނަމަވެސް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބޯޓު ވަނީ ގުޅިފަޅަށް ބީއްސާފައެވެ.

މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރި އީރާންގެ ބޯޓު މިއަދު ނޫސްވެރިންނަށް ދައްކާލާފައިވާ އިރު، އެބޯޓާއި ގުޅޭ މައުލޫމާތާއި އޮޕަރޭޝަންގެ މައުލޫމާތު ފުލުހުން ފަހުން ހާމަކުރާނެ ކަަމަށް ވަނީ ބުނެފައެވެ.