އައިޖީއެމްއެޗުގެ އެމާޖެންސީ ޑިޕާޓްމަންޓްގެ އޭސީތައް ހަލާކުވެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭސީ އިންސްޓޯލް ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޫލިންގ ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ކަމަށެވެ. އަދި އެސިސްޓަމްތައް މެދުވެރިކޮށް އޭސީތައް ބޭނުން ކުރަން ފެށޭނީ މިމަސް ނިމޭ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިން މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް މަސައްކަތް ލަސްވީ ތަކެތި ލިބުމުގައި ދިމާވި ދަތިތަކާއި ގުޅިގެން ކަމަށެވެ.

އައިޖީއެމްއެޗުގެ އިމަޖެންސީ ޑިޕާޓްމަންޓްގެ އޭސީތައް ހަލާކުވީ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ކަމަށް އެހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެމައްސަލަ ދިމާވިތާ އެތައް މަހެއްވެގެން ދިޔައިރުވެސް ހައްލުވެފައި ނުވާތީ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.