ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް އަމާޒުކޮށް ބާއްވަމުންދާ ރަމަޝާން ކްރިކެޓް ކާނިވަލްގެ އޯޕަން ކްރިކެޓް މުބާރާތުގެ ސެމީފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލްއާއި ކޭޑީއެމް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އޭއާރުސީ އާއި ޝުގަރ ކޯން އެވެ.

ސެމީފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވީ މިއަދު ކުޅުނު އޯޕަން ބައިގެ މެޗުތައް ނިމުމުންނެވެ.

މުބާރާތުގެ ނުވަވަނަ ދުވަހުގެ ފުރަތަމަ މެޗްގައި ރިވާސް ބާބާ ހާޒިރު ނުވުމުން ޕެސްޓް އެކްސް މޯލްޑިވްސްއަށް ލިބުނުކަމަށް އަމްޕަޔަރުން ވަނީ ނިންމާފައެވެ. ދެވަނަ މެޗްގައި މެރީ ކޯނާރ އާއި ބައްދަލުކޮށް ޝުގަރ ކޯން މެޗް ކާމިޔާބުކުރީ 6 ވިކެޓުންނެވެ.

މެރީކޯނަރ ވަނީ 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 98 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި އީސާ ސާދާތު އާއި 10 ލަނޑު ހެދި މުހަންމަދު ހައިކަލްއެވެ. ޖަވާބުގައި ޝުގަރ ކޯން ކުޅެންއަރާ 2 ކުޅުންތެރިން ނުބައިވެގެން 7.5 އޯވަރުގެތެރޭގައި 102 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި މުހަންމަދު އާމިރުއާއި 28 ލަނޑުހެދި އާދަމް ޒަމީލް އެވެ.

އޯޕަން ބައިގެ ސެމީފައިނަލް މެޗުތައް ފަށާނީ މާދަމާއެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1600ގައެވެ. މި މުބާރާތް ސޮޕޮންސަރ ކޮށްފައިވަނީ ލިލީ އެންޓަރ ޕްރައިސްސަސް އިންނެވެ.