ށ ފޭދޫގައި ބަޔަކު ލާއިންސާނީ އަނިޔތަކެއް ދީފައިވާ އަންހެންމީހާއަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފު ދެއްވައިފިއެއެވެ.

ށ ފޭދޫގައި ބަޔަކު އަނިިޔާތަކެއްދީފައިވާ އަންހެނެއްގެ ފޮތޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދީފައިވާކަމުގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އެއަންހެން މިހާއާމެދު ލާއިންސާނީ އަމަލުތައް ހިންގި މީހުން ހޯދައި ހައްގު އަދަބުދީ އަންހެންމީހާއަށް އިންސާފު ހޯދައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.