ޕޮލިސް ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ރާޒުވާ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މިމަހުގެ 12 އިން 14 އަށް ކުރިއަށް ގެންދިޔަ މިމުބާރާތް ނިންމާލުމުގެ ގޮތުން އިސްކަންދަރުކޮށި މަލްޓިޕަރޕަސް ހޯލްގައި ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، މުބަރާތުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ޓްރޮޕީ އާއި މެޑަލް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދެވެ.

އެގޮތުން މި މުބާރާތުން ޝަރަފުވެރި އެއްވަނަ ހޯދާފައިވަނީ ޕޮލިސް ސަރޖަންޓް އަޙްމަދު އަބޫބަކުރެވެ. މި މުބާރާތުގެ ދެވަނަ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނިޒާމް ހާސިލް ކޮށްފައިވާއިރު މުބާރާތުން ތިންވަނައަށް އައިސްފައިވަނީ ޕޮލިސް ސަރޖަންޓް އާދަމް ނަސީރެވެ.