އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ލާޒިއޯ ހޯދައިިފި އެވެ.

ލާޒިއޯ އިން ޗެމްޕިއަންކަން ހޯދީ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗް 2-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިއީ މިމުބާރާތުގެ ތަށި ލާޒިއޯއިން ކާމިޔާބު ކުރި ހަތް ވަނަ ފަހަރެވެ.

ރޭގެ މެޗުގައި ލާޒިއޯގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ މިޑްފީލްޑަރު ސާޖިއޯ މިލިންކޮވިޗް އާއި އާޖެންޓީނާގެ ޒުވާން މިޑްފީލްދަރު ޖޯކިއުން ކޮރޭއާ އެވެ.

އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ލާޒިއޯއިން ހޯދުމުން އެޓިމަށް ވަނީ އަންނަ ސީޒަނުގެ ޔުރޮޕާ ލީގުން ޖާގައެއް ލިބިފައެވެ.

އިޓާލިއަން ލީގުގައި ލާޒިއޯ އޮތީ މިހާތަނަށް ކުޅުނު 36 މެޗުން ލިބުނު 58 ޕޮއިންޓާއެކު ލީގް ތާވަލްގެ އަށް ވަނަ މަގާމްގައެވެ.