ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މިމަގާމަށް މިއަދު އައްޔަންކުރެއްވީ މ. ދިއްގަރު، ޕްރޭމްނަގަރު، މުހައްމަދު އިހްސާން އެވެ.

މުހައްމަދު އިހްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިން، މިޑްލް ސްކޫލް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މުހައްމަދު އިހްސާން މިހައިތަނަށް ހުންނެވީ މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރެއްގެ މަގާމުގަ އެވެ.