މިއަހަރުގެ ރޯދަމަސް ފެށުނު އިރުވެސް މަސްމާރުކޭޓުގައި މަހުގެ އަގުތަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. މަސް މާރުކޭޓްގެ އަގުތައް މިއަދުވެސް ހުރީ ރޯދަ މަހުގެ ފުރަތަމަ ދުވަހެކޭ ދާދި އެއް އަގުތަކެއްގަ އެވެ. އެހެންކަމުން ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ނިމުނުއިރު ހުރިހާ ބާވަތެއްގެ މަހުގެ އަގުތައް ވެސް ހުރީ ހިފެހެއްޓިފަ އެވެ.

މަހުގެ އަގުތަކަށް ބަލާއިރު ކަނޑުމަސް ކިލޯއެއް ލިބެންހުރީ 20 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ކަންނެލި ކިލޯއެއް ލިބެންހުރީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އިއްޔެއާ އަޅާ ބަލާއިރު މިދެބާވަތުގެ މަހުގެ އަގުތަކަށްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ފަރުމަހުގެ އަގުތަކަށް ބަލާއިރު ދޮން ނޫމަސް ލިބެންހުރީ 20 ރުފިޔާއަށް 3 މަހެވެ. މާނިޔާމަސް ލިބެންހުރީ 35 ރުފިޔާއާ 60 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.