ބަނޑެއްގައި ރިއްސާތީ ހަސްފަތާލަށް ދިއުމުން އިންޑިޔާގެ ފިރިހެނެއްގެ ބަނޑުން ސަތޭކަސޯޅަ ދަގަނޑު މޮހޮރު ޑޮކްޓަރުން ނަގައިފިއެވެ.

އުމުރުން 43 އަހަރުގެ ބޯލާ ޝަންކަރުގެ ބަނޑުގައި ރިއްސާ ސަބަބު ދެނެގަތުމަށް އެކްސްރޭ ނެގިއިރު ޑޮކްޓަރުންނަށް ފެނުނީ އޭނާގެ ގޮހޮރުގެ ތެރެއިން ގިނައަދަދެއްގެ މޮހޮރުތަކެކެވެ. މީން ކޮންމެ މޮހޮރެއްގެ ދިގުމިނުގައި 2.5 އިންޗި ހުއްޓެވެ. މިތަކެތި ނެގުމަށާއި ގޮހޮރަށް ވެފައިވާ ގެއްލުން ދެނެގަތުމަށް އޮޕަރޭޝަނެއް ކުރުމަށްފަހު ޑޮކްޓަރުން ބުނެފައިވަނީ ނަސީބަކުން ގޮހޮރަށް ދާއިމީ ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާކަމަށާއި އާދައިގެ ދިރިއުޅުމަކަށް އޭނާއަށް އަލުން އާދެވިދާނެ ކަމަށެވެ.

ރާޖަސްތާނު ސްޓޭޓަށް ނިސްބަތްވާ މިމީހާގެ ގޮހޮރުގެ ތެރެއިން މިހާ ގިނައަދަދެއްގެ މޮހޮރު ފެންނަންޖެހުނު ސަބަބު ބުނެދޭކަށް އޭނާއަށްވެސް ނޭގެއެވެ. އެކަމަކު ޑޮކްޓަރުން ބުނަނީ ލަކުޑިއާއި ދަގަނޑު ފަދަ ތަކެތި ދިރުވައިލުމަކީ ބައެއް މީހުން ގަސްތުގައިކުރާ ކަމެއްކަމަށާއި އެއީ ނުރައްކާތެރި ބައްޔަކުން ދިމާވާ ކަމެއް ކަމަށެވެ.