ޑައިރެކްޓަރު ރާޖްކުމާރް ސަންތޯޝީގެ ކުރިއަށް އޮތް ފިލްމަކީ "ބޭޑް ބޯއި" ނަމަކަށް ކިޔާ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް އޭނާ ބުނެފި އެވެ.

ސަންތޯޝީ ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެކި ވައްތަރުގެ ފިލްމުތައް ޑައިރެކްޓްކޮށްފައިވާއިރު އަބަދުވެސް އެންމެ ޝައުގުވެރިވާ އެއް ވައްތަރުގެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ކަމަށެވެ. އަދި ޕްރޮޑިއުސަރު ސާޖިދް ގުރޭޝީ އާއެކު "ބޭޑް ބޯއި" ނަމުގައި ފިލްމެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާ ބެލުންތެރިންނަށް މި ފިލްމު ވަރަށް ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމާށްވެސް ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.