އައްޑޫސިޓީގައި ބެންޑްމިންޓަން ކޮމްޕެލެކްސްއެއް އެޅުމުގެ މަސައްކަތް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އޭޕީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު
ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި މަޝްރޫޢުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަޤުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތަށް ޖުމްލަ ހަމިލިއަން ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ނުވަދިހަ އެއްރުފިޔާ ހޭދަވާނެއެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.
އައްޑޫގައި ފެންވަރު ރަނގަޅު ކޯޓެއް އެޅުމަށް ނިންމާފައިވާއިރު ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އައްޑޫގައި ބައިނަލްއަޤްވާމީ މުބާރާތެއް ބާއްވަން ނިންމާފައެވެ.
އައްޑޫއަކީ ބެޑްމިންޓަނުގައި އަރަމުން އަންނަ ކުޅުންތެރިންތަކެއް ތިބި ތަނެކެވެ.