ވިލާ ލައިޓް ސޭފް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވިލާ ގޭހުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ވިލާ ގޭހަށް އަލަށް ރަޖިސްްޓްރީ ކުރާ މީހުންނަށް ޑިޕޮސިޓަކާ ނުލައި ލުއި ފުޅި ލިބޭނެ ކަމަށެވެ.

އަލަށް ރަޖިސްޓާވާ ކަސްޓަމަރުން 200ރ. ދައްކައިގެން ގޭހާ އެކު ފުޅި ލިބޭނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.

ވިލާ ގޭހުން ބުނީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ވިލާ ގޭސް ބިލްޑިންނަށް ގޮސް ނުވަތަ ކަސްތަމަރުގެ ނަމާ އެޑްރެސް އަދި އައިޑީ ކާޑްނަމްބަރު ޖެހުމަށް ފަހު 9815251 އެސްއެމްއެސް ކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ ލިމިޓެޑް އަދަދެއްގެ ލުއި ފުޅިތަކެއް ލިބޭ ގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމުން އަވަހަށް ރަޖިސްޓާ ކުރާ މީހުންނަށް މި ފުޅި ލިބުމުގެ ފުރުސަތު ބޮޑުވަނެ ކަމަށް ވިލާ ގޭހުން މައުލޫމާތުދެއެވެ.

ވިލާ ގޭހުން އަންނަނީ ވީޓީވީގެ ސާދަގަޑި ތިރީސް ޕްރޮގްރާމް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ވިލާގޭސް ލުއި ފުޅިއެއް ދޫކުރަމުންނެވެ. މިގުރުއަތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ އެސްޓީ ސްޕޭސް ވީޖީ ޖެހުމަށްފަހު 4888 އަށެވެ،

ވިލާ ގޭހުން ދޫކުރާ ލައިފްސޭފް ފުޅިއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ފުޅިއެކެވެ. މި ފުޅިއަކީ ދަނގަނޑުފުޅިތަކާ އަޅާބަލާއިރު ބަރުދަން ލުއި އަދި ދަބަރު ނުޖަހާ ފުޅިއެކެވެ.