ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވާނެ ބޭފުޅަކާއި ގުޅޭ ބަހުސް ހޫނުވެފައި ވަނިކޮށް، ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާއި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވެދާނެ ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޚުލޫފު މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައެވެ.

މަޚުލޫފުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ، ވަކި މީހަކަށް ތާއީދު ކުރުމަކީ ނުވަތަ ނުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދުި ނަޝީދުގެވެސް ޚިޔާލު ތަފާތު ވެދާނެ ކަމުގައި މަޚުލޫފު ވިދާޅުވިއެވެ.

މަޚުލޫފު ވިދާޅުވީ، ޚިޔާލު ތަފާތުވުމަކީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއް ނޫން ކަމަށާއި ތަފާތު ޚިޔާލުތަކަށް ޖާގަދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީން ކަމަށެވެ.

އަދި ޕީޕީއެމް އާއި ޕީއެންސީގެ ވޯޓު ބޭނުން ނުވާ ކަމުގައިވެސް މަޚުލޫފު ވިދާޅުވިއެވެ.