ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރަަންސުން 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

އެލައިޑުން ބުނީ މިމަހުގެ 19 އިން 23 އަށް އެކުންފުނީގެ ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 6.35 މިލިއަން ރުފިޔާ ކަސްޓަމަރުންނަށް ދީފައިވާ ކަމަށެވެ.

މިއީ މިދިޔަ މަހު އެކުންފުނިން ބަދަލުގެ ގޮތުގައި ދޫކުރި އެންމެ ބޮޑު މިންވަރެވެ. އެކުންފުނިން އަންނަނީ ހަފްތާތަކަށް ބަހާލައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް އިންޝުއަރަންސްގެ ބަދަލުތައް ދޫކުރަމުންނެވެ.

އެގޮތުން މިދިޔަ މަހުގެ 5 އިން 9 އަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް 1.4 މިލިއަން ރުފިޔާ އަދި މިދިޔަ މަހުގެ 12 އިން 16 އަށް ވަނީ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ.

އެލައިޑް އިންޝުއަރްންސް ކުންފުނީގެ ފައިދާ އިތުރުވެ އިންޝުއަ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސް ހިދުމަތް ދެމުންގެންދާ ކުންފުނި ކަމަށްވާ އެލައިޑުން އަންނަނީ ކުންފުނިތަކުގެ އިތުރަށް އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރަންސް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

މީގެތެރޭގައި މެޑިކަލް، މޮޓޯ އަދި ލައިފް އިންޝުއަރަންސް ފާހަގަކޮށްލެވެ އެވެ. އިންޝުއަރެންސްތަކުގެ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް އެލައިޑުން އަންނަނީ ތަފާތަު އުކުޅުތައް ބޭނުންކުރަމުންނެވެ.