ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "އީދު ކިހިނެއް" ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައިފި އެވެ.

ފިތުރު އީދުގެ ހަރަކާތްތައް ޓްވިޓަ އާއި އިންސްޓަގްރާމުގައި ހިއްސާކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ނަސީބުވެރިން ހޮވީ #EidKihineh ޖަހައި ޝެއާ ކުރި ފޮޓޯތަކުގެ ތެރެއިންނެވެ. އަދި މުބާރާތުގެ ނަސީބު ވެރިންނަށް ހޮވުނު ފަރާތްތަކަށް މިއަދު ވަނީ 5000 ރުފިޔާގެ ފައިސާގެ ގިފްޓު ކާޑެއް ހާވާލުކޮށްފައި ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.

ބީއެމްއެލްއިން ބުނީ އީދު ހަރަކާތްތަކުގެ ތެރެއިން ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރި ވަގުތުތަކުގެ ފޮޓޯ ހިއްސާކުރިއިރު #EidKihineh ހިމަނައިގެން ކުރިއަށް ގެންދިޔަ މި މުބާރަތަށް 800 އަށް ވުރެ ގިނަ ޕޯސްޓް ލިބުނު ކަމަށެވެ.

ޓްވިޓާގައި ފޮޓޯ ޝެއާކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ:-

@marraajameel

@dhiwanderingirl

@ShixnaH

އިންސްޓަގްރާމްގައި ފޮޓޯ ޝެއާ ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ:-

@shaxlon

@awwamphotos

@xidhoo0

މި ހުރިހާ ފަރާތްތަކަކަށްވެސް 5000 ރުފިޔާގެ ގިފްޓްކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ 8 ރަށެއްގައި އީދު ސައި ވެސް ބާއްވާފަ އެވެ. އެގޮތުން އީދު ސައި ބޭއްވި ރަށްތަކަކީ ހއ. ހޯރަފުށި، ށ. ފުނަދޫ، ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ. ފެލިދޫ، މ. މުލި އަދި ސ. ހުޅުމީދޫ އެވެ. އީދު ސައި އިންތިޒާމުކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.