ވިކީ ކޯޝަލްގެ ކުރިއަށް އޮތް ފިލްމު "ބޫތް"ގެ ޕޯސްޓަރު ނެރެފި އެވެ.

މަތީގައި އެވާ ޕޯސްޓަރާއެކު ފިލްމު ނެރޭނީ ނޮވެމްބަރު 15 ވަނަ ދުވަހު ކަމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ އެ ކުންފުނިން ޕްރޮޑިއުސްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ. ފިލްމު ކޯ ޕްރޮޑިއުސް ކުރަނީ ޝަޝާންކް ކޭތަން އެވެ.

ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝަޝާންކް ބުނެފައިވަނީ މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށާ ބޫތްގެ އިތުރު ފިލްމުތަކެއްވެސް އަދި ނެރޭނެ ކަމަށެވެ. އެހެންކަމުން މިފަހަރު މިނެރެނީ މި ސީރީޒްގެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ފުރިހަމަ ނަމަކީ "ބޫތް - ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" އެވެ.

މި ފިލްމުގެ ބަތަލުގެ ރޯލުން ވިކީ ކޯޝަލް ފެނިގެންދާއިރު މިއީ ވިކީ ބިރުވެރި ފިލްމެއް ކުޅުނު ފުރަތަމަ ފަހަރެވެ. ފިލްމުގެ ބަތަލާ ބޫމީ ޕަދްނޭކަރްވެސް ބިރުވެރި ފިލްމެއް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

މި ފިލްމު ޑައިރެކްޓްކުރީ މުޅިން އާ ޑައިރެކްޓަރެއް ކަމަށްވާ ބާނޫ ޕްރްތާޕް ސިންގެވެ.