މިއީ އިނގިރޭސިވިލާތުގެ ރަށެއް ކަމަށްވާ މެންޗެސްޓަރގައި ހިނގި ހާދިސާއެކެވެ. މެންޗެސްޓަރ އެއާޕޯޓްގައި ފުރާން ތައްޔާރުވެފައި އޮތް މަތިންދާބޯޓެއްގައި އިން ފަސިންޖަރަކު، ހާސްވެފައި ހުރި ވަރުން، ފާޚާނާ ދޮރުކަމަށް ހީކޮށް ހުޅުވުނީ މަތިންދާބޯޓުގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އެމަޖެންސީ ދޮރެވެ. ބޯޓުގެ ފަހަތުގައިވާ އެމަޖެންސީ ދޮރު ހުޅުވުމާއިއެކު، ކުއްލި ހާލަތްތަކުގައި ފަސިންޖަރުން ބޯޓުން ފައިބާން ބޭނުންކުރާ "ޝޫޓް" ނުވަތަ ސްލައިޑް ހުޅުވުނެވެ.

މިއީ މެންޗެސްޓަރއިން ފުރައިގެން ޕާކިސްތާނަށް ދަތުރުކުރުމަށް ތައްޔާރުވެފައި އޮތް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއްގައި ހިނގި ހާދިސާއެކެވެ.

މަތިންދާބޯޓުގެ އެެމަޖެންސީ ދޮރު ހުޅުވުމާއި ގުޅިގެން، 7 ގަޑިއިރަށް ބޯޓު ފުރުން ލަސްކުރަން ޖެހުނެވެ. އަދި، ޓެކްނީޝަނުން އައިސް ބޯޓުގެ އެމަޖެންސީ ދޮރު އަލުން ރަނގަޅު ކުރާން ޖެހުނެއެވެ. އެ މަސައްކަތް ކުރި ވަގުތު ބޯޓުގައި ތިބި 37 ފަސިންޖަރަކު ބޯޓުން ބާލާން ޖެހުނެވެ.

މިއީ އަލަށް ހިނގި ހާދިސާއެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

ފަހަކަށް އައިސް، ޗައިނާގައި މިފަދަ ހާދިސާތައް އިތުރުވެފައިވެއެވެ. ވައިގެ އުދުހުންތަކާބެހޭ މާހިރުން ބުނަނީ، މިފަދަ ހާދިސާތައް ހިނގަނީ ވައިގެެމަގުން އަލަށް ދަތުރުކުރާ ފަސިންޖަރުންގެ ސަބަބުން ކަމަށެވެ.

ގޯއެެއަރގެ މަތިންދާ ބޯޓެއްގައިވެސް ފުރަތަމަ ފަހަރަށް ދަތުރުކުރި 20 އަހަރުގެ ފަސިންޖަރަކުވަނީ ފާޚާނާ ކަމަށް ހީކޮށް، ބޯޓުގެ ފަހަތުގައިވާ އެމަޖެންސީ ދޮރު ހުޅުވާން މަސައްކަތް ކޮށްފައެވެ.

ނަމަވެސް، މަތިންދާބޯޓެއްގެ އެމަޖެންސީި ދޮރު ހުޅުވާން މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް ނޫންކަމަށް މާހިރުން ބުނެއެވެ. ސަބަބަކީ، ބޯޓު ވައިގެ ތެރޭގައި ދަތުރު ކުރަމުންދާއިރު، އެމަޖެންސީ ދޮރު ހުޅުވުމަކީ ކުޅަދާނަ ކަމެއް ނޫނެވެ.

ނަމަވެސް، މިފަދަ އަމަލެއް ހިންގާން މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ، ބޯޓުގެ އެތެރެ "ޕްރެޝަރައިޒް" ކޮށްފައި ވުމެވެ.

މިދިޔަ މަހުގެ ތެރޭގައި ރަޔަންއެއަރގެ މަތިންދާބޯޓެއް ދަތުރު ކުރަމުންދިޔަ ވަގުތު ފަސިންޖަރަކުވަނީ ބޯޓުގެ އެމަޖެންސީ ދޮރު ހުޅުވާން މަސައްކަތް ކޮށްފައެވެ.