ބައިނަލްއަގުވާމީ ކެއްކުމުގެ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި ޝެފަކަށް، ތަޖުރިބާކާރު ޝެފް އިސްހާގު ސޯލިހް ހަމަޖެހިއްޖެ އެވެ.

ކެއްކުމުގެ ދާއިރާގައި އިސްހާގުކުރައްވާފައިވާ މަސައްކަތްތައް ބަލައިގަނެ އޭނާއަށް މިފުރުސަތު ދީފައިވަނީ ވޯލްޑް އެސޯސިއެޝަން އޮފް ޝެފް ސޮސައިޓީގެ ފަރާތުންނެވެ.