މިރޭ ކުޅެން ހަމަޖެހިފައި އޮތް ޗެރިޓީ ޝީލްޑްގެ ދެވަނަ ލެގުގެ މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރަނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އެވެ. ފޯކައިދޫއަށް މެޗުން ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ދިން ފުރުސަތު އެޓީމުން ދޫކޮށްލުމުންނެވެ.

މި މެޗު ކުރިން ކުޅުމަށް ހަމަޖެހިފައި އޮތީ ރޭ އެވެ. އެކަމަކު މެޗު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫ ޓީމަށް މާލެ ދަތުރުކުރުމަށް އުނދަގޫތަކެއް ހުރުމުގެ ސަބަބުން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކޮށް މާލޭން ބޭރުގައި އެއްމެޗު ކުޅޭ ގޮތަށް ރޭވިއިރު، ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.